ކުޅިވަރު

އޭޝިއަން ޗެސް އޮންލައިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުޅުންތެރިއަކަށް!


އޭޝިއަން ޗެސް އޮންލައިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިއަކަށް ލިބިއްޖެއެވެ.

އޭޝިއަން ޗެސް ފެދެރޭޝަންއިން އިންތިޒާމްކުރާ މި ކޭމްޕަކީ ވުމަން ޗެސް އާއި ފިޑޭ ދިވެލޮޕްމަންޓް ފަންޑް ސަޕޯޓް އާއި ގުޅިގެން، 20 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންނަށް ބާއްވާ ކޭމްޕެކެވެ. އޭޝިއާގެ ކޮންމެ ގައުމަކުންވެސް 20އަހަރުން ދަށުގެ އެއް ކުއްޖަކަށް ފުރުސަތުލިބޭ މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތުލިބުނީ، ގައުމީ ޗެސް ޓީމުގެ މަރްޔަމް ލައިޝާ އަބްދުލްރަޝީދުއަށެވެ.

ލައިސާ އަކީ ތާޖުއްދީން ސްކޫލުގެ ގްރޭޑް 9ގައި ތަޢުލީމު ހާސިލްކުރަމުންދާ ކުޅުންތެރިއެކެވެ. އަދި ލައިޝާ އަކީ ގައުމީ ޓީމު ސެލެކްޝަންއިން ދެވަނަ ހާސިލްކޮށްފައިވާ ކުޅުންތެރިޔާއެވެ.

އޭޝިއަން އޮންލައިން ޗެސް ކޭމްޕް ފޯ ގާލްސް އަންޑާ 20ގައި ބައިވެރިވުމުގެ ފުރުސަތު ލައިސާއަށް ލިބުނުއިރު މި ކޭމްޕުގައި ޓްރެއިނަރުންގެ ގޮތުގައި ޚަރަކާތްތެރިވާނީ ދުނިޔޭގެވެސް އެންމެ ފުންނާބު އުސް ޓްރެއިނަރުންނެވެ. އޭގެތެރޭގައި ވޯލްޑް ޗެމްޕިއަން ގްރޭންޑް މާސްޓާ އާނަންދު ވިޝްވަނާތަން އާއި ގްރޭންޑް މާސްޓާ ޖޭކޮބް އާގާރޑް ހިމެނެއެވެ.