ކުޅިވަރު

ޕެޑްރޯ ޗެލްސީ ދޫކޮށްލަނީ


ސްޕޭނުގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ޗެލްސީ ދޫކޮށްލަން ނިންމައިފިއެވެ.

މިކަން އިޢުލާނުކުރީ ޕްރެމިއާ ލީގުގައި ޗެލްސީ ކުޅުނު ފަހު މެޗަށް ފަހު ކޯޗު ފްރޭންކް ލަމްޕާޑެވެ.

ކޯޗު ބުނީ އުމުރުން 33 އަހަރުގެ ފޯވާޑް ޗެލްސީގައި ކުޅޭނެ ފަހު މެޗަކީ ރޭ ވުލްވްސް އަތުން ޗެލްސީ މޮޅުވި މެޗު ކަމަށާއި ކުޅުންތެރިޔާއަށް ކުރިމަގުގައި ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޕެޑްރޯ ގުޅޭނެ ކަމަށް ބެލެވެނީ އިޓަލީގެ ރޯމާއާއެވެ.

އޭނާ އަކީ ބާސެލޯނާއިން 2014 ވަނަ އަހަރު 21 މިލިއަނަށް ޗެލްސީއަށް ގެނައި ކުޅުންތެރިއެކެވެ. އެކުލަބުން އޭނާ ދޫކޮށްލާފައިވާއިރު އަންނަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމަށް ހާކިމް ޒިޔަޗް އާއި ޖަރުމަނުގެ ފޯވަޑް ޓިމޯ ވާނާ ވަނީ ގެނެސްފައެވެ. އަދި ވެސް އިތުރު ކުޅުންތެރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.