ޚަބަރު

ކޯވިޑް19: މިއަދު ރެކޯޑް އަދަދަކަށް ދިވެހިން ޕޮޒިޓިވްވެއްޖެ


މިއަދު ރެކޯޑް އަދަދަކަށް ދިވެހިން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރޭގެ އިރުއޮއްސި 6އިން މިރޭގެ 6އާ ހަމައަށް 77 މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 56 މީހުންނަކީ ދިވެހިންނެވެ.

ރާއްޖެއިން ކޯވިޑް19 ފެނުނުތާ މިއަދަށް 140 ދުވަސްވެފައި ވާއިރު މީގެކުރިން ރާއްޖޭގައި ބިދޭސީން ގިނައަދަދަކަށް ޕޮޒިޓިވި ދުވަސްތައްދިޔަނަމަވެސް މިހާރުމި ވަނީ ދިވެހިން ޕޮޒިޓިވްވާ އަދަދު ދުވަހުން ދުވަހަށް އިތުރުވާން ފަށާފައެވެ. އެގޮތުން 56 ދިވެހިން ޕޮޒިޓިވްވުމާއެކު މިއަދަކީ މިހާތަނަށް އެންމެ ގިނަ ދިވެހިން މިބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. މިމަހުގެ 12 ވަނަ ދުވަހު ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި 52 ދިވެހިން ހިމެނުނުނަމަވެސް މިއަދު ރާއްޖެއިން ޕޮޒިޓިވްވި 77 މީހުންގެ ތެރޭގައި 56 ދިވެހިން ހިމެނެއެވެ. މީގެއިތުރުން ބަންގްލަދޭޝްގެ 20 މީހަކައި އިންޑިއާ މީހަކުވެސް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިއާއެކު ރާއްޖެގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދުމިވަނީ 3252އަށް ވަނީ މަތިވެފައެވެ. ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދިއުމާއެކު ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ. އެގޮތުން މިއަދުގެ ޕޮޒިޓިވް ކޭސްތަކާއެކު ބަލިޖެހިގެން ފަރުވާދޭ މީހުންގެ އަދަދު މިހާރުއުޅެނީ 688 ގައެވެ.

މިއަދު ބަލިން ރަނގަޅުވީ 36 މީހުންނެވެ. މިއާއެކު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޝިފާލިބުނު މީހުންގެ ޢަދަދު 2534އަށް މިވަނީ އަރާފައެވެ. ބަލި ހުރިތޯ ބެލުމަށް ނެގި ސާމްޕަލްތަކުގެ އަދަދުމިވަނީ 71974 އަށް އިތުރުވެފައެވެ.

މިބަލިޖެހިގެން މިހާތަނަށް 15 މީހުން ރާއްޖޭގައި ނިޔާވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް އިތުރުވަމުންދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.