ވިޔަފާރި

ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ފަށަނީ




ސިންގަޕޯރ
އެއަރލައިންގެ ދަށުން އޮޕަރޭޓްކުރާ "ސިލްކް އެއަރ" އިން އަންނަ އޮކްޓޯބަރުމަހުން
ފެށިގެން ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ
ކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.



ސިންގަޕޯރ
އެއަރލައިނާއި ހަވާލާދީ ޓްރެވަލް ޑެއިލީ އޭޝިއާގައިވާ ގޮތުން އަންނަ
އޮކްޓޯބަރުމަހުގެ 25 ފެށިގެން ހަފްތާއަކު ހަތަރު ފްލައިޓް އެ އެއަރލައިން
ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ސިލްކް އެއަރގެ ދަތުރުތައް
ފެށުމުން ސިންގަޕޯރ އެއަރލައިނުން ރާއްޖެއަށް މިހާރު ކުރަމުން އަންނަ ދަތުރުތަކާއިއެކު އެއަރލައިނުން ކޮންމެ ދުވަހަކު ސިންގަޕޫރާއި ރާއްޖެއާއި ދެމެދު 2 ދަތުރު
ކުރާނެ ކަމަށް ޓްރެވަލް ޑެއިލީ އޭޝިއާގައިވެއެވެ.



ސިލްކް އެއަރ އިން
ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ، އަންގާރަ، ބުދަ
އަދި ބުރާސްފަތި ދުވަހެއްގައެވެ.



ސިލްކް އެއަރ އިން މިހާރުވެސް އަންނަނީ މި ސަރަހައްދުގެ
44 ސިޓީއަކަށް ދަތުރުތައް ކުރަމުންނެވެ.