ޚަބަރު

ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ގިނަ ޤާނޫނުތަކާއި ޤަވާއިދުތަކެއް އެބަހުރި: ނިޔާޒް


ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ގިނަ ޤާނޫނުތަކާއި، ޤަވާއިދުތަކެއް އެބަހުރި ކަމަށާއި އެޤާނޫނުތަކާއި ޤަވާއިދުތައް މިހާރުން މިހާރަށް އިސްލާހު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގު ޤާނޫނަށް ހުށަހެޅުނު އިސްލާހަށް ވާހަކަފުޅު ދައްކަވަމުން ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވީ މިހާރު މިހިނގާ ޤާނޫނީ ނިޒާމުގެ އެންމެބޮޑު އެއް އަސާސަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަމަށެވެ. ކޯވިޑް19 އާއި ގުޅިގެން ކައުންސިލުތަކުގެ ދައުރުގެ މުއްދަތު އިތުރުކޮށް، ޤާނޫނަށް އިސްލާހު ހުށަހަޅާފައި ވާއިރު މިހާރުވެސް ޤާނޫނުތަކާއި، ގަވާއިދުތަކާއި ފުށުއަރާ ގިނަ ޤާނޫނުތަކާއި ގަވާއިދުތަކެއް ހުރިކަމަށެވެ.

"މިހާރު މިހާރަށް ގާނޫނީ ނިޒާމުގައި ލާމަރުކަަޒީ ޤާނޫނާއި ފުށުއަރާ ޤާނޫނުތަކާއި ގަވާއިދުތަކެއް އެބަހުރި. ލާމަރުކަޒީ ޤާނޫނާއި ފުށޫއަރާ 3 ޤާނޫނު 8 ގަވާއިދު 1 އުސޫލުއްވޭ. އެކަނަކްން މިހާރުން މިހާރަށް އިސްލާހު ކުރަންޖޭ" އަލީ ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ކަންބޮޑުވުން އެޓާނީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސް މިކަމަށް އަވަސް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ ޤާނޫނާއި ގަވާއިދު ތަކުގެ ތެރޭގައި މާލިއްޔަތު ގާނޫނާއި، ބައެއް ގާނޫނު އިސްލާހު ކުރުމުގެ ގާނޫނާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ބިމާބެހޭ ޤާނޫނާއި، ތިމާވެށި ހިމާޔަތްކުރުމާއި ޕްލޭންކުރުމުގެ ގަވާއިދާއި، ފަތުރުވެރިކަމާއިބެހޭ ގަވާއިދާއި، ބަންޑާރަ ގޯތި ފިޔަވައި ބިންދޫކުރުމުގެ ގަވާއިދާއި، އަތޮޅުތައް ހިންގުމުގެ އުސޫލުގެ އިތުރުން ކައުންސިލް އިޙްތިސާސްގައި ހިމެނޭ ބިންދޫކުރުމުގެ ގާނޫނު ހިމެނެއެވެ.

ޤާނޫނު އަސާސީން ރާއްޖޭގައި އޮންނަން ޖެހެނީ ޔުނިޓަރީ ދައުލަތެއްކަމަށް ކަނޑައަޅާފައި ވާއިރު ޤާނޫނު އަސާސީގައި ބުނާގޮތަށް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނައި ބަދަލަކީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއްލިބި ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ހިންގުމަށް ލިބިގެންދިޔަ ވަރަށްބޮޑު ފުރުސަތެއްކަަަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

މިވަގުތަކީ ވަގުތީ ގޮތުން ކައުންސިލްތަކުގެ ދައުރު ދަންމާލާފައިވާ ދައުރަކަށްވާއިރު، މިވަގުތުގައި ހުރި ގޮންޖެހުންތަކާއިއެކު ކައުންސިލްތައް ހިންގުމުގެ އެންމެބޮޑު ޒިންމާއެއް އަދާކުރަންޖެހޭ އެއްބަޔަކީ އެލްޖީއޭކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މިއަދު ޤާނޫނަށް ހުށަހެޅުނު އިސްލާހާއިއެކު ކައުންސިލްތަކުގެ މަސައްކަތް ހިންގުމަށް ބޮޑު ފަސޭހަތަކެއް ވެގެންދާ ކަމުގައިވެސް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.