ތިމާވެށި

ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވޯކް ބަންކީ މޫންއަށް އަރުވައިފި


ރާއްޖޭގެ ފުރަތަމަ
ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވޯކް، އެންވަޔަރމަންޓް މިނިސްޓަރ ތާރިގް
އިބްރާހިމް  އދ ގެ ސެކްރެޓްރީ ޖެނެރަލް
ބަންކީ މޫންއަށް އަރުއްވައިފިއެވެ. ފަރަންސޭސި ވިލާތުގެ ޕެރިހުގައި ހުންނަވާ ފްރޭމްވޯކް
ބަންކީ މޫންއަށް އެރުއްވީ މިއަދުގެ ވަގުތެއްގައެވެ. ކްލައިމެޓް ޗޭންޖް ޕޮލިސީ ފެރޭމްވޯކަކީ މޫސުމަށް އަންނަ
ބަދަލުތަކާއި ގުޅޭގޮތުން ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް
އެކުލަވާލާފައިވާ ސިޔާސަތުތައް ހިމެނޭ ފްރޭމްވޯކެއް. މި ފްރޭމްވޯކްގެ މައިގަނޑު މަގްސަދަކީ ކަމާއި ގުޅޭ ހުރިހާ
ދާއިރާއެއް ހިމެނޭގޮތުން ރާއްޖޭގައި ލިބެންހުރި ވަސީލާތްތަކާއި، އެހީދޭ
ޖަމާއަތްތަކާއި، ބައިނަލްގްވާމީ ގައުމުތަކުގެ އެހީގައި މޫސުމަށް އަންނަ
ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް
އެޅުން. މި
ފްރޭމްވޯކް އދ ސެކްރެޓްރީ ޖެނެރަލް ބަންކީމޫންގެ އަތްޕުޅަށް އެރުމަކީ
ފްރޭމްވޯކްގައި ހިމެނޭ ކަންތައްތައް ފުރިހަމަކުރުމަށް ލިބިގެންދާ ކުރިއެރުމެއް
ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވޭ.