ކުޅިވަރު

ސްޕެނިޝް ލީގުގެ ރަންބޫޓު މެސީ އަށް


ސްޕެނިޝް ލީގުގެ ރަންބޫޓު ހަތް ވަނަ ފަހަރަށް ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީ ހޯދައިފިއެވެ.

ލީގުގެ ފަހު މެޗުގައި އަލަވެޒް ކޮޅަށް މެސީ ޖެހި ދެ ގޯލާއެކު މި ސީޒަނުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 25 އަށް އަރައިފައެވެ.

މިއީ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒެމާ އަށްވުރެ ހަތަރު ގޯލު ގިނަ އަދަދެކެވެ. ނަމަވެސް މި ސީޒަނަކީ 2006 ވަނަ އަހަރުގެ ސީޒަނަށް ފަހު 30 ގޯލަށްވުރެ މަދުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ހޮވަންޖެހުނު ފުރަތަމަ ފަހަރެވެ.

ސްޕެނިޝް ލީގުގެ ރަންބޫޓު މެސީ އެންމެ ގިނައިން ހޯދި ކުޅުންތެރިއަކީ ވެސް މެސީ އެވެ. މި އިނާމް އޭނާ އެންމެ ފުރަތަމަ ހޯދީ 2009 ވަނަ އަހަރުއެވެ.

ރޭގެ މެޗަށް ފަހު މެސީ ވަނީ ބާސެލޯނާގެ ކުރިމަގާބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޓީމު މި ސީޒަނުގައި ކުޅުނީ ގަބޫލުކުރެވޭ ފެންވަރެއްގައިނޫން ކަމަށާއި އަދި ނަތީޖާތަކަކީ ވެސް ބަލައިގަނެވޭނެ ނަތީޖާތަކެއްނޫން ކަމަށެވެ. އަދި މިވަގުތު ބާސެލޯނާގެ ކޮންމެ މީހަކު ވެސް ވަނީ އަމިއްލަ މަގާމުގެ ދިފާއުކުރަންޖެހިފައި ކަމަށެވެ.

މެސީ ބުނީ މިސީޒަނުގައި އޭނާއަށް ރަންބޫޓު ލިބުނު ނަމަވެސް އިންޑިވިޖުއަލް އެވޯޑްތައް ލިބުމުން އުފާވާނީ ޓީމަށް ކާމިޔާބު ލިބުމުން ކަމަށާއި ނިމިދިޔަ ސީޒަނަކީ ކެޕްޓަނެއްގެ ގޮތުގައި އޭނާ ދެކެން ބޭނުންނުވާ ފަދަ މަންޒަރުތަކެއް ފެނުނު ސީޒަނެއް ކަމަށެވެ.