އަތޮޅުތައް

ކުޅުދުއްފުށީ ހޮސްޕިޓަލުން ހަދަމުންދާ ބައެއް ޓެސްޓްތައް މެދުކެނޑިއްޖެ


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ ލެބޯޓްރީގެ ދެ މެޝިނަކަށް މައްސަލަ ދިމާވެ ގިނަ ޓެސްޓްތަކެއް ހެދުން މެދުކެނޑިއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މައްސަލަ ދިމާވި ދެ މެޝިނަކީ ވެސް އެހޮސްޕިޓަލުން އެންމެ ޢާއްމުކޮށް ބަޔޯކެމިސްްޓްރީގެ ޓެސްޓްތައް ހަދާ ދެ މެޝިން ކަމަށެވެ. މީގެ ތެރޭގައި ހަކުރު ބަލީގެ ޓެސްޓާއި ކޮލެސްޓްރޯލް ޓެސްޓް ހިމެނެ އެވެ. އަދި ލިވަރ، ކިޑްނީ، ހިތުގެ ބަލިތައް ފަދަ ބަލިތައް ދެނެގަތުމަށް ހަދާ ޓެސްޓްތައްވެސް ހިމެނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ލެބޯޓްރީގެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި މައްސަލަ ހައްލުވާނެކަމަށް ބެލެވޭކަމަށެވެ.