ޚަބަރު

މަސްއޮޑިގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


މާލޭ ގެއެއްގައި އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެއެވެ. ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ މިއަދު ހެނދުނު އަލިފާން ރޯވީ ގ. މަސްއޮޑިގޭ ފުރަތަމަ ފަންގިފިލާގައި ކަމަށާއި، އަލިފާން ހިނގި ކަން އެމް.އެން.ޑީ.އެފަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 6:55 ގައި ކަމަށެވެ.  މިހާދިސާއާ ގުޅިގެން މީހެއްގެ ބޮލަށް އަނިޔާވެ އައި.ޖީ.އެމް.އެޗް ގައި ފަރުވާދީފައިވާކަމަށާއި، އަނިޔާވި މީހާގެ ހާލު ރަނގަޅުކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަލިފާން ހިފި މަސްއޮޑިގޭ ފުރަތަމަ ފަންގިފިލާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށާއި، އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފް ގެ މީޑިއާ އޮފިޝަލް މޭޖަރ އަދްނާން ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާ ހިނގިކަން އެމް.އެން.ޑީ.އެފަށް ރިޕޯޓް ކުރެވުމާއެކު 20 މިނެޓް ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.