ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އުރަމަތީ ކެންސަރ ސްކޭންގެ ޚިދުމަތް އަލުން ފަށައިފި


ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު ގައި އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިންގ (މެމޮގްރަފީ) ގެ ޚިދުމަތް މެދުކެނޑާލުމަށް ފަހު މިއަދު އަލުން ފަށައިފިއެވެ.

މިއަދުން ފެށިގެން މެމޮގްރަޕީގެ ޚިދުމަތް އަލުން ފެށުމުން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި އަަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަން އެހޮސްޕިޓަލުން ފާހަގަ ކުރެއެވެ.

މީގެ ކުރިންވެސް އެހޮސްޕިޓަލުގައި 2015 ވަނަ އަހަރު ސްކޭން ކުރުމުގެ ހިދުމަތް ފަށާފައި ވެއެވެ. ހިދުމަތް މެދުކަނޑާލީ ހޮސްޕިޓަލްގެ އިންފްރާސްޓްރަކްޗާއަށް ބަދަލުތަކެއް ގެނައުމަށެވެ. އަލުން މިޚިދުމަތް މިފެށީ 3 އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން އެންމެ ގިނައިން ފެންނަ އެއް ބާވަތަކީ އުރަމަތީގެ ކެންސަރެވެ. މިބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ސަލާމަތް ވުމުގެ ފުރުޞަތު ބޮޑު ކަމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭން އުތުރުން އެންމެ ގިނަބަޔަކު ޚިދުމަތް ހޯދަމުންދާ ޢެއް ހޮސްޕިޓަލަކަށް ވާއިރު ތަފާތު ގިނަ ޚިދުމަތް ތަކެއް އެހޮސްޕިޓަލުން މިހާރު ލިބެން ހުންނަ ކަން ފާހަގަ ކުރެވެއެވެ. މިއީ ޓާޝަރީ ފެންވަރަށް ސަރުކާރުން ތަރައްގީ ކުރަމުން ގެންދާ ހޮސްޕިޓަލެކެވެ.

އައިންތ

ތިޔަތަނަށް ސްކޭންކުރާނެ އަންހެނަކު ފޮނުބަލަ، ސްކޭން ކުރާއިރު އެއްޗެއް ފެންނަކަމަކަށް ނުވޭ، އޭގައި ޖެލްކޮޅެއްވެސް ލާކަށް ނުކެރޭ! ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިހީވަނީ ހުސްވެދާނެއެތީ އުޅޭހެން.