ޚަބަރު

ފުރަތަމަފަހަރަށް ސަރުކާރު ކުންފުންޏެއްގައި ޑިސްއިންފެކްޓްކުރާ ގޭޓެއް


ސްޓެލްކޯގައި ޑިސްއިންފެކްޓް ކުރާ ގޭޓެއް ބަހައްޓައި ބޭނުންކުރަންފަށައިފިއެވެ. މިއީ މިގޮތަށް ސަރުކާރު ކުންފުންޏެއްގައި ޑިސްއިންފެކްޓް ގޭޓެއް ބަހައްޓައި ބޭނުންކުރަންފެށި ފުރަތަމަ ކުންފުންޏެވެ. މި ގޭޓް ބަހައްޓާފައިވަނީ އަމީނީމަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ މައި ގޭޓުގައެވެ.

މި ގޭޓުން ވަންނައިރު މީހާގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލައި ޑިސްއިންފެކްޓް ކުރާ ސްޕްރޭއިން ޑިސްއިންފެކްޓްވެސް ކުރެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މި ގޭޓަކީ ކުންފުނީގައި މަސައްކަތްކުރާ މުއައްޒަފުންނާއި ކުންފުނިން ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބެހެއްޓި ގޭޓެއްކަމަށެވެ. މިއީ މިގޮތަށް ރާއްޖޭގެ ކުންފުންޏެއްގައި ޑިސްއިންފެކްޓް ގޭޓް ބޭނުންކުރަންފެށި ފުރަތަމަ ފަހަރެވެ.

ލޮކްޑައުންއަށްފަހު މިހާރު އަނެއްކާވެސް އޮފީސްތަކުންވަނީ ކުރިއެކޭ އެއްގޮތަށް މުޢައްޒަފުން އޮފީހަށް ނެރެ ޚިދުމަތްދޭން ފަށާފައެވެ. ސްޓެލްކޯގެ ޚިދުމަތްތައްވެސް ހެނދުނު 08:00އިން މެންދުރުފަހު 15:00އާއި ހަމައަށް އަންނަނީ ދެމުންނެވެ. ސްޓެލްކޯއިން ބުނެފައިވަނީ މިހާރު ކަސްޓަމަރުން ސްޓެލްކޯއަށް އައިސް ޚިދުމަތްހޯދުމަށް ހަމައެކަނިޖެހެނީ، ބިލްތައް ބަހާލައިގެންދެއްކުމާއިބެހޭ ފޯމް ހުށައެޅުމަށް އެކަނިކަމަށެވެ. އެހެން ޚިދުމަތްތައް އޮންލައިންކޮށްދަނީ ދެމުންނެވެ.

ސްޓެލްކޯގައި ޑިސްއިންފެކްޓްކުރާ ގޭޓް ބަހައްޓާފައިވާއިރު ހުޅުމާލޭގެ ފިހާރައެއްގައިވެސް ޑިސްއިންފެކްޓް ގޭޓެއްވަނީ ބަހައްޓާފައެވެ.