ބ. ތުޅާދޫ އެ ބުނުމުން އެރަށުގެ މީހުންގެ މަސައްކަތެރިކަމާއި ހުނަރުވެރިކަމުގެ ވާހަކަތައް އެއްވެސް މީހަކަށް އިތުރަށް ބުނެދޭކަށް ނުޖެހޭނެއެވެ. މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއިި، ލިޔެލާޖެހުމާއި، ވަޑާންކުރުމެވެ.
މީގެ 300 ވަރަކަށް އަހަރުކުރިން ރާއްޖޭގައި ފެށިފައިވާ ލިޔެލާޖެހުމުގެ މަސައްކަތް ތުޅާދޫއަށް ތައާރަފްކޮށްފައިވަނީ އެއަތޮޅު ފަރެހު ބޮޑުމޫސަ ނުވަތަ ފަރެހު ދޮންމޫސަ ނަމަކަށްކިޔާ މީހެއްކަމަށް ތާރީޚް ދަންނަ މީހުން ބުނެއެވެ.
މީ އަތްތެރި މަސައްކަތަށް ކުޅަދާނެ އެހާމެ ހުނަރުވެރި ރައްޔިތުން ދިރިއުޅޭ ރަށެކެވެ. އަތްތެރި މައުރަޒުތަކުގައި ތަކުރާރުކޮށް ރަންވަނަތައް ހޯދާފައިވާ މި ރަށަކީ ލިޔެލާޖެހުމުގައި ރާއްޖޭގެ ނަމްބަރު ވަންއެވެ.
ތުޅާދޫ ރައްޔިތުން މިވަނީ އަނެއްކާވެސް ދިވެހިންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ފުރިހަމަ މަސައްކަތެއް ދައްކުވާލާފައެވެ. މި ފަހަރު މުބާރާތެއްގެ ޗެމްޕިއަން ޓީމަށްދިން މި ޓޮރްފީއެވެ.
އެރަށު އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ތުޅާދޫ ސްޕޯޓްސް ކްލަބް (ޓީއެސްސީ) އިންތިޒާމުކޮށްގެން ބޭއްވި އަންހެން ފުޓްސެލް މުބާރަތަށް ދިން މި ޓްރޮޕީއަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. ލިޔެލާ ޖެހުމުގައި ރާއްޖޭގެ އެއްވަނަ އަކީ އަދިވެސް ތުޅާދޫކަން އެރަށު ޒުވާނުން މިވަނީ ދައްކުވާދީފައެވެ. ޒަމާން ބަދަލުވި ނަމަވެސް ރަށުގެ ޒުވާނުން ރަށުގެ ކާބަފައިންގެ މި މަސައްކަތް ދޫކޮށްނުލާނެކަންވެސް ޒުވާނުން މިވަނީ ހާމަކޮށްފައެވެ.
ތުޅާދޫ ސްޕޯޓްސް ކުލަބުން ބޭއްވި އަންހެންގެ ފުޓްސެލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިން މި ޓްރޮފީ ހަދާފައިވަނީ ލަކުޑީގައި ލިޔެލާ ޖަހާގެންނެވެ. އާއްމުކޮށް ލިޔެލާ ޖަހާފައި ހުންނަ ތަކެތީގައި ހުންނަ ހުރިހާ ކުރެހުމެއް ހެން މި ޓްރޮފީގައި ފެންނަން އެބަހުއްޓެވެ. އަދި އެންމެ ފާހަގަކުރެވޭ ކަމަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ތަށި ހަވާލުކޮށްފައިވަނީ ވަގުތުން އެޓީމްގެ ނަންވެސް ކަނޑާނެގުމަށްފަހުއެވެ.
މުބާރާތުން ތުޅާދޫ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަވީ ހަމައެކަނި މުބާރާތުގެ ޓްރޮފީން އެކަންޏެއް ނޫނެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދިން މެޑަލްތައްވެސް ހަމަ އެހާ ފުރިހަމަވެފަ ސަޅިއެވެ. ދެޓީމަށް ދިން މެޑަލްތައްވެސް ހަދާފައިވަނީ ލަކުޑީގައި ލާފެން ކޮށްގެންނެވެ.
ޓީއެސްސީގެ އުފެއްދުންތެރި މި ޚިޔާލަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުވެސް ވަނީ ތައުރީފުކުރައްވާފައެވެ.
ތުޅާދޫއިން މި ފެނިގެންދިޔައީ ދިވެހީންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ވަރަށް ފުރިހަމަ މަސައްކަތެއް. ޒުވާނުންނާ ގުޅުންހުރި ދާއިރާއަކުން މިފަދަ އުފެއްދުންތެރިކަމަށް ހިއްވަރުލިބޭ މަސައްކަތެއް ފެނިގެން ދިއުމަކީ ބޮޑު އުފަލެއް. ފޮޓޯ: @WaheedWatey#liyelaajehun pic.twitter.com/BYtcV2EkHe
— Yumna Maumoon (@yumna_maumoon) July 11, 2020
އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތުޅާދޫން މި ފެނިގެންދިޔައީ ދިވެހީންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ވަރަށް ފުރިހަމަ މަސައްކަތެއްކަމަށެވެ. އަދި ޒުވާނުންނާއި ގުޅުން ހުރި ދާއިރާއަކުން މިފަދަ އުފެއްދުންތެރިކަމަށް ހިއްވަރު ލިބޭ މަސައްކަތެއް ފެނިގެން ދިޔުމަކީ ބޮޑު އުފަލެއްކަމަށްވެސް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.
ތުޅާދޫ ޒުވާނުންގެ މި މަސައްކަތުން ބުނެދިން އެހެން ވާހަކަވެސް އެބައޮތެވެ. ރާއްޖޭގައި ބާއްވާ ޤައުމީ މުބާރާތްތަކުގައި ވަނަ ވަނައަށް އަންނަ ފަރާތަކަށް މިފަދަ ދިވެހި އުފެއްދުންތަކުގެ އެވޯޑް ނުދެވެންވީ ކީއްވެހެއްޔެވެ. އެއްވެސް ސަބަބެއް ނެތެވެ. ކިހާ ސަޅި ކިހާ ފުރިހަމަ ހެއްޔެވެ.
..
ވަރަށް ހުނަރުވެރި ????❤
ތުޅާދޫގެ އުޖާލާވި ރަންތަރި
އަހަރެންނަކީ ގަދަ ބައެއް! އެކަން އިތުރު މީހަކު ބުންޏަސް އެކަން ސާބިތުކޮށްދިނުމުގައި އަހަރުމެން ދެމިތިބޭނަން!
މަ
ހޯން??????