ޚަބަރު

އާރޓިފިޝަލް ބީޗް ހެދުމަށް ހުޅަނގުފަރާތުގެ ބައެއް ބިން ހުސްކުރަނީ


މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރުމަށް
ސަރުކާރުން ނިންމަވާފައިވާ އާރޓިފިޝަލް ބީޗްގެ މަޝްރޫޢަށް ހިރިޔާ ސްކޫލާއި
ތާޖުއްދީން ސްކޫލްގެ ހުޅަނގުފާރާތުގައިވާ ބިންތައް ހުސްކުރުމަށް ހައުސިންގް
މިނިސްޓްރީން ނިންމަވައިފިއެވެ.

ހިރިޔާ އަދި ތާޖުއްދީން ސްކޫލުގެ ހުޅަނގުން
ބޮޑުތަކުރުފާނު މަގާ ދެމެދުގައިވާ ބިންތަކުގައި އެއްވެސް ފަރާތެއްގެ
ތަކެއްޗެއްވާނަމަ މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ނެގުމަށް ހައުސިންގ
މިނިސްޓްރީން ވަނީ އަންގަވާފައެވެ. އަދި މިމަހުގެ 25 ވާ ހޯމަދުވަހު އެސަރަހައްދު
ހުސްކޮށް ސާފުކުރަން ފަށާނެކަމަށް ހައުސިންގ މިނިސްޓްރީންވަނީ ބުނެފައެވެ. 

މާލޭ
ހުޅަނގު ފަރާތުގައި އާރޓިފިޝަލް ބީޗެއް ތަރައްޤީ ކުރުމަށް ސަރުކާރުން
ނިންމާފައިވާއިރު އެމަޝްރޫޢާއެކު މާލޭ ހުޅަނގުފަރާތަށް ބޮޑެތި ބަދަލުތަކެއް
އަންނާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އެމިނިސްޓްރީން ބުނީ އެސަރަޙައްދު ތަރައްޤީކުރާނީ ރަށެއްގެ މަލަމަތި ފެންނަ ގޮތަށް ކަމަށެވެ. އާރޓިފިޝަލް ބީޗް ތަރައްޤީ
ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީގެ
އޮފިޝަލަކު ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.