ޚަބަރު

ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ


ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވި މީމީހަކީ މާލެއިން ނޮޅިވަރަމަށް ގޮސް ރަށުގައި ކަރަންޓީނުވި މީހެކެވެ. އަދި މި މީހާ ކަރަންޓީނުކޮށްފައިވާ ކޮޓަރީގައި އިތުރުން އެހެން މީހަކުވެސް އުޅޭކަމަށް އެނގިފައިވެއެވެ. މިމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި އެޗްއީއޯސީން ހާމައެއް ނުކުރެއެވެ.

ނޮޅިވަރަމަށް މި މީހާ ދަތުރުކޮށްފައިވަނީ މިމަހު 6 ވަނަ ދުވަހު ކުޅުދުއްފުއްޓަށް އައި ފްލައިޓަކުންނެވެ. އެ މީހާއާއެކު އެ ފްލައިޓްގައި 6 މީހަކު ދަތުރުކޮށްފައިވެއެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ނޮޅިވަރަމަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 2,517 މީހުން ކޯވިޑް ޖެހިފައިވާއިރު މި ބަލި ޖެހުނު ދިވެހިންގެ އަދަދުވަނީ 900 ވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި 309 މީހުން ފަރުވާ ހޯދަމުން އަންނައިރު 13 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑިމިޓްކޮށްގެންނެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ މަރުވެފައެވެ.