ރިޕޯޓް

ނައިވީން އެޗްއާރުސީއެމަށް އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި


ހިއުމަން
ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ ދެ މެމްބަރެއްގެ މަގާމުގެ މުއްދަތު
ހަމަވާތީ، އެމަގާމަށް އައްޔަންކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ރައްޔިތުންގެ މަޖިލީހަށް
ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން އެއެް ބޭފުޅަކަށް ރުހުންދޭން ފެންނަކަމަށް
ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކަ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. މިނިވަން މުއައްސަސާތަކަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވާ
ނަންފުޅުތަކުގެ ތެރެއިން ކޮމިޓީން ގާބިލް މީހެއް ކަނޑައަޅަނީ ހަތްދިހަ ފަހެއް
އިންސައްތަ އަށްވުރެ މަތިން މާކުސް ލިބިވަޑައިގަންނަވާ ބޭފުޅަކަށް އެކަނިއެވެ. އެގޮތުން ކޮމިޓިން ރުހުން ދޭން ފެންނަކަމަށް ކަނޑައަޅާފައިވަނީ ސ.ހިތަދޫ، ޝުމައިސް، ނައިވީން އަބްދުﷲ އަށެވެ. އެޗްއާރުސީއެމަށް
އައްޔަންކުރުމަށް ދެވަނައަށް ފޮނުއްވާފައިވާ ރ. ކަނދޮޅުދޫ، ހުސްނުހީނާގޭ މޫސާ އަލީ
ކަލޭފާނަށް ލިބިވަޑައިގެންފައިވަނީ، ހަތްދިހަ ދޭއް އިންސައްތަ މާކުސްއެވެ. އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. އެޗްއާރްސީއެމްގައި މިހާރު
ހިމެނޭ ދެ މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 13
ވަނަ ދުވަހަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.