ކުޅިވަރު

ބައްސާމަށް ފީފާއިން މަރުޚަބާ ކިޔައިފި


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ފީފާއިން ބަލައިގަނެ، ފީފާގެ ރަޢީސް ޖިއާނީ އިންފަންތީނޯ، ރައީސް ބައްސާމް އަދީލް ޖަލީލް އާއި އައު އެކްސްކޯއަށް މަރުޚަބާ ދަންނަވައިފިއެވެ.

ފީފާއިން ބައްސާމަށް މަރުހަބާ ކިޔާފައިވާއިރު އޭއެފްސީން ވެސް ވަނީ ބައްސާމަށް މަރުހަބާ ކިޔައިފައެވެ.

ފީފާއިން ފޮނުވި ސިޓީގައި އެއިދާރާގެ ރަޢިސް ޖިއާނީ އިންފަންތީނޯ ވިދާޅުވީ، މިދިޔަ ދައުރުގައިވެސް ބައްސާމްއާއި އޭނާގެ އެކްސްކޯއިން ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން، ފީފާ އާއި ގުޅިގެން ކުރި މަސައްކަތްތަކާއި، ދެއްވި އެއްބާރުލުން ބަލައިގަންނަކަމަށެވެ. އަދި މިދައުރުގައިވެސް ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ފުރިހަމަ މައްސައްކަތެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް ފީފާގެ ރައީސް އިންފަންތީނޯ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރު ފުޓްބޯޅަ އަށް ގިނަ ކުރިއެރުންތަކެއް ހޯދައިދެވިއްޖެކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރުތެރޭގައި މުޅި ރާއްޖޭގައި ޕްރެމިއާ ލީގު ކުޅެވޭ ފެންވަރަށް ވަސީލަތް ގާއިމް ކުރުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.

އެފްއޭއެމްއިން އިންތިޚާބު ބައްވައި ބާއްސާމް ދެވަނަ ދައުރަކަށް އިންތިޚާބުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން، އެއިދާރާއާއި ގުޅުންހުރި މައްސަލަތަކެއް ބަލަމުންދާތީ، އެއިދާރާއިން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދިފައިވަނިކޮށެވެ.