ޚަބަރު

ސަފީރުން އައްޔަންކުރުމަށްޓަކައި ފުރަތަމަ ފަހަރަށް އިންޓަރވިއުކޮށްފި


ބޭރު ގައުމުތަކަށް އައްޔަންކުރާ ސަފީރުންނަށް އައްޔަން ކުރުމުގައި ކޮމިޓީން ރުހުން ދިނުމުގެ ކުރިން އިންޓަވިއުކުރުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް ސަފީރުކަމަށް އައްޔަންކުރާ ބޭފުޅުންނާ މިއަދު އިންޓަރވިއުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކާ ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން މިއަދު އިންޓަރވިއުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ 3 ބޭފުޅެއްގެއެވެ.
އެ ބޭފުޅުންނަކީ،
- ޝިރުޒިމަތު ސަމީރު / ބަންގްލަދޭޝް ސަފީރުކަމަށް.
- ފަރުޒާނާ ޒާހިރު / ޕާކިސްތާނު ސަފީރުކަމަށް.
- އާމިނަތު ޝަބީނާ / އެކުވެރި ޢަރަބި އިމާރާތު ސަފީރުކަމަށް.

ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ކޮމިޓީން އެބޭފުޅުންނާއި އިންޓަރވިއުކުރުމަށް ނިންމާފައިވަނީ ރާއްޖެ ތަމްސީލު ކުރާ ފަރާތެއް ބޭރު ގައުމެއްގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަ އިރު، އެމީހާއަކީ އެކަމަށް އެންމެ އެކަށީގެންވާ މީހެއްގެ ގޮތުގައި ބެލުމަށްކަމަށެވެ. މި ގޮތަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ.