ތިމާވެށި

މިދިޔަ ޖުލައިމަހަކީ މިހާތަނަށް އެންމެ ހޫނުގަދަވިމަސް


މިހިނގާ ދެހާސް ފަނަރަ ވަނަ އަހަރުގެ ޖުލައި މަހަކީ މުޅި ދުނިޔޭގައިވެސް އެންމެ ހޫނު ގަދަވި މަސް ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން – އެން.އޯ.އޭ.އޭއިން ހާމަކޮށްފިއެވެ.އަށާރަސަތޭކަ އަށްޑިހަ ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުން އަންނަ މޫސުމާބެހޭ މައުލޫމާތުތަކަށް ރިޔާޢަތްކޮށް އެން.އޯ.އޭ.އޭއިން ހާމަކުރާގޮތުގައި ދުނިޔޭގެ ކަނޑުތަކަށް މީގެ ކުރިން ހޫނުގެ އަސަރު ނުކުރާ މިންވަރަށް ވޭތުވެދިޔަ ޖުލައި މަހު ދުނިޔޭގެ ކަނޑުތައް ހޫނުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މިހާތަނަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދަށް މިދިޔަ ޖުލައި މަހު ރެކޯޑްކުރެވިފައިވާ ކަމަށް އެފަރާތުން މަހަކު އެއްފަހަރު ނެރޭ މޫސުމާބެހޭ ރިޕޯޓްގައި ބުނެއެވެ.ޤައުމުތަކުގެ އިސްވެރިން ބައިވެރިވާ ދުނިޔޭގެ މޫސުމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުން މިއަހަރު ފަހުކޮޅު ފްރާންސްގެ ޕެރިހުގައި ފެށުމަށް މިހާރު ވަނީ އެންމެ ތިންމަސް ދުވަހަށްވެފައެވެ.