ޚަބަރު

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް މަޝްވަރާކޮށްފި


  • ޖީސީއެފް މެދުވެރިކޮށް މިހާރަށްވުރެ ފަސޭހަ މަގުތަކެއް ފަހިކުރެވިދާނެ

  • މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް، ގްރީން ކްލައިމެޓް ފަންޑް، ޖީސީއެފްގެ އެގްޒެކެޓިވް ޑިރެކްޓަރ މަފަލްޑާ ޑުއާޓޭއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ބެންކޮކްގައި ކުރިއަށްދާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އަދި ވޯލްޑް ބޭންކްގެ އަހަރީ ބައްދަލުވުންތަކުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، މޫސުމީ ކަންކަމަށް ކަނޑައަޅާފައިވާ ފައިނޭންސް ނުވަތަ މާލީ އެހީތެރިކަން ހޯދުމުގައި ޖީސީއެފް މެދުވެރިކޮށް މިހާރަށްވުރެ ފަސޭހަ މަގުތަކެއް ފަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.


އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުން ކުރިއަށްދަނީ އޮކްޓޫބަރު 12 އިން 18 އަށް، ތައިލޭންޑްގެ ބެންކޮކްގައެވެ. މިއީ 35 އަހަރަށްފަހު މި ބައްދަލުވުން ތައިލޭންޑްގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދީ ދުވެލި، މާލީ ދާއިރާގެ ހަމަޖެހުން، ފަގީރުކަން ނައްތާލުން، ޑިޖިޓަލް ފައިނޭންސްގެ ރައްކާތެރިކަން، އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވަޒީފާތަކަށް ކުރާނެ އަސަރުތައް ހިމެނެއެވެ.