ޚަބަރު

އައްޑޫ ފަޅުގެޔަކުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައިފި


އައްޑޫ ސިޓީގެ ފަޅުގެއަކުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައިފިއެވެ.

މިތަކެތި ފެނިފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ ފަޅު ގެއެއް ބަލަައިފާސްކުރުމުގެ ތެރޭގައެވެ. މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު 14:52 އެހައިކަންހާއިރު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ފަޅު ގގޭގެ ތެރޭގައި ފޮރުވާފައިހުރި ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ހަމެއްގގެ އިތުރުން ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިހުރި ސާމާނު ފެނިފައިވާކަމަށް ފުލލުހުން ވިދާޅުވެއެވެ.


މި މައްސަލައާއި ގުޅިގެން މިހާާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.