ޚަބަރު

2 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް


ދެ
ރަށެއްގެ ނަރުދަމާ ނިޒާމްގެ ސާރވޭ އާއި ފަރުމާ ކުރުމަށް ކޮންސަލްޓެންސީ ގެ
ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އެ ދެ ރަށަކީ އއ. ފެރިދުއާއި
ނ. ހެނބަދޫއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން
ރިކުއެސްޓް ފޯރ ޕްރޮޕޯޒަލްއާ އެއްގޮތަށް
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް
އެނަރޖީގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ވަނީ ފުރުޞަތު
ހުޅުވާލާފައެވެ.



އެންވަޔަރމަންޓް މިނިސްޓްރީން މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި، ފެނާއި ނަރުދަމާގެ 700 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، މިއަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭގައި  61 ރަށެއްގެ ފެނާއި ނަރުދަމާގެ،
އެކި މަރުހަލާތަކުގެ މަސައްކަތްވަނީ ހިމަނާފައެވެ.