ޚަބަރު

ހޯމް ކަރަންޓީންގައި ބ.އަތޮޅުގައި ތިބި 79 ފަރާތެއްގެ ސާމްޕަލް ނެގެޓިވް


ކޯވިޑް 19 އާ ގުޅިގެން މާލެއިން ބ.އަތޮޅަށް ގޮސް ހޯމް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން 79 ފަރާތެއްގެ ސާމްޕަލް ނެގެޓިވް ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. މިހާތަނަށް ހޯމް ކަރަންޓީނަށް 115 ފަރާތެއް ބ.އަތޮޅަށްވަނީ ގެނަސްފައެވެ.

މީގެތެރެއިން 79 މީހުން ނެގެންޓިވްވުމުން އެމީހުން މިހާރުވަނީ ދޫކޮށްލާފައެވެ.

މިހާރު ބާކީތިބި 36 މީހުންގެތެރެއިން މިއަދުވެސް ވަނީ ސާމްޕަލްތަކެއް ނަގާފައެވެ. އެއީ އޭދަފުށިން 2 ސާމްޕަލް ފެހެންދޫއިން 1 ސާމްޕަލް، ހިތާދޫން 3 ސާމްޕަލްއެވެ.

މިސާމްޕަލްތައް ޓެސްޓްކުރަނީ މާލެއިންނެވެ. ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ކޯވިޑް މަރުކަޒުން ޓެސްޓް ހެދުމަށް ތައްޔާރުވަމުންދާއިރު، ޓެސްޓް ހަދަން ފެށޭނީ މިކަމަށް މީހަކު ތަމްރީންކުރުމަށްފަހުގައި ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.