ތަޢުލީމު

މަތީ ތައުލީމުދޭ އަމިއްލަ އިދާރާތަކާ ބެހޭ ޤާނޫނުގެ ބިލުގެ ޑްރާފްޓް


ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ އަމިއްލަ އިދާރާތަކާ ބެހޭ ޤާނޫނުގެ ބިލް ޑްރާފްޓް ކުރުމަށް ފަހު ރައްޔިތުންގެ މަޖުލީހަށް ހުށައެޅުވުމަށް މަޖުލީހުގެ މެޖޯރިޓީ ލީޑަރަ އަހުމަދު ނިހާން ހުސެންމަނިކާ ހަވާލުކުރައްވައިފިއެވެ.ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ހަފްލާގައި ޕްރައިވެޓް ހަޔަރ އެޑިޔުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ( ފީމް) ގެ ފަރާތުން މި ބިލްގެ ޑްރާފްޓް ހަވާލުކޮށްދެއްވީ ފީމްގެ ރައީސް އިބްރާހިމް ވަހީދުއެވެ.ރައްޔިތުންގެ މަޖުލީހުގެ ބައެއް މެމްބަރުންނާއި، މަތީ ތައުލީމުދޭ އަމިއްލަ ފަރާތްތަށް ބައިވެރިވި މިހަފްލާގައި  ވާހަކަފުޅު ދައްކަވަމުން  ނިހާން ވިދާޅުވީ މި ބިލްގެ ޑްރާފްޓަކީ އެތައް މަޝްވާރާތަކެއްގެ ނަތީޖާކަމަށެވެ. އެހެންކަމުން މިބިލް މަޖުލީހަށް ވެއްދުމަށްޓަކައި، ޕީޕީއެމްގެ ޕާލިމަންޓް ގްރޫޕަށް ވީ އެންމެ އަވަހަކަށް ހުށައަޅުއްވާނެ ކަމަށެވެ.ބިލްގެ ޑްރާފްޓް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ފީމްގެ ރައީސް އިބްރާޙިމް ވަހީދު ވިދާޅުވީ މި ޑްރާފްޓް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. މިގޮތުން ބިލާގުޅޭ ވޯރކިން ސެޝަންތަށް ކުރިޔަށްދާކަމަށްވެސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ އަމިއްލައިދާރާތަކާ ބެހޭ ޤާނޫނުގެ ބިލް ޑްރާފްޓްގައި ވާގޮތުން މަތީތައުލީމްދޭ އިދާރާތަށް ހިންގޭނީ ރަޖީސްޓްރީކޮށްގެންނެވެ. އަދި އެއިދާރާތަކުން އިސްލާމްދީނާ ދިވެހި ސަގާފަތާ ހިލާފްކަންކަން ކޮށްގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.