ޚަބަރު

އޭދަފުށީގައި އަވިން ކަރަންޓް އުފައްދުމަށް އާއްމުންގެ ޚިޔާލު ހޯދަނީ


ބ.އޭދަފުށީގައި އަވިން ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރުމަށް އާންމުގެ ހިޔާލު ހޯދަންފަށައިފިއެވެ.

އެކްސަލަރޭޓިން ރިނިއުބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓޭނަބަލް އެނާރޖީ އެރައިޒް މަޝްރޫގެ ދަށުން ޢާއްމުންގެ ޚިޔާލު ހޯދަމުން ދަނީ އޮންލައިން ކޮށެވެ. މިސާރވެގައި އޭދަފުށީގެ ގޭބިސީ ތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރާއި، އެރަށުގެ މިހާރުގެ ކަރަންޓްގެ ޙާލަތު ހުރި ގޮތާއި، ކަރަންޑް ކެނޑޭ މިންވަރާއި، އަވިން ހަތަކަ އުފެއްދުމުން ލިބިދާނެ ލުއިފަސޭހަތާކާ ގުޅޭގޮތުން ސުވާލުކުރަމުން ދެއެވެ.

އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމް ގާއިމް ކުރުމަށް މަސައްކަތް ތަކެއް މީގެ ކުރިންވެސް ވަނީ ކޮށްފައެވެ. އޭރު ވަނީ މިސިސްޓަމް ބަހައްޓާނެ ތަން ސާރވޭކޮށް ޑިޒައިންކުރުމުގެ މަސައްކަތް ކޮށްފައެވެ.

މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މިހާރު އަޅާފައި އޮތް ކޭބަލް ބަދަލުކޮށް ޓްރާންސްފޯމަރުތައް ބަހައްޓަން ހަމަ ޖެހިފައި ވެއެވެ.