ޚަބަރު

ކޯވިޑް-19 : އިތުރަށް ރަނގަޅުވީ 10 މީހުން، 21 މީހުން ޕޮޒިޓިވް


އިތުރު 21 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ 10 މީހުން މިއަދު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި 3 ދިވެހިން ހިމެނޭކަމަށެވެ. އަދި ބަންގްލަދޭޝްގެ 17 މީހުން ޕޮޒިޓިވް ވެފައިވާއިރު ސްރީ ލަންކާ މީހަކުވެސް މިއަދު ޕޮޒިޓިވްވިކަން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 2382އެވެ.

ރާއްޖެއިން އިތުރު 10 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1954 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 82 އިންސައްތައެވެ. ރާއްޖޭގައި ކޯވިޑް-19އަށް މިހާރު ފަރުވާދެމުންދަނީ 414 މީހުންނަށެވެ.