ރިޕޯޓް

ރައްޔިތުންގެ މަޖިލީހުގައި މަރުހޫމް އަބްދުﷲ ހަމީދުގެ ދައުރު


އަލްއުސްތާޛު އަލްމަރުހޫމް ޢަބްދުﷲ ޙަމީދު  ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވާފައެވެ.އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 13 އަހަރު ކުރައްވާފައިވެއެވެ.އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 2 ފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 14 ފެބުރުވަރީ 1988 އިން 22 ފެބުރުވަރީ 1990 އަށް، އަދި 11 ނޮވެންބަރު 1993 އިން 13 ސެޕްޓެންބަރު 2004 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވެއެވެ. އަދި، 26 ފެބުރުވަރީ 1982 އިން 14 ފެބުރުވަރީ 1988 އަށް، އަދި 20 މާރިޗު 1990 އިން 11 ނޮވެންބަރު 1993 އަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.މީގެ އިތުރުން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވަނީ މާލެ އަތޮޅު މެންބަރުކަމާއި، މާޅޮސްމަޑުލު ދެކުނުބުރި މެންބަރުކަމާއި، ފ. އަތޮޅު މެންބަރުކަމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި  މީގެއިތުރުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި އެ މަޖިލީހުގެ މެންބަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.އަލްއުސްތާޛް އަބްދުﷲ ހަމީދު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ޚިދުމަތްތައް ފާހަގަކޮށް އެކިފަރާތްތަކުންދަނީ ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.