ޚަބަރު

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 115 ދުވަސް، ބަލިޖެހުނު މީހުންގެ އަދަދު 2360އަށް


އިތުރު 24 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 2361އަށް އިތުރުވެއްޖެއެވެ.

ކޯވިޑް19 އަށް ޕޮޒިޓިވިކަން އެޗްޕީއޭއިން މިއަދު ހާމަކުރި މީހުންގެ ތެރޭގައި 11 ދިވެހިން ހިމެނެއެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝްގެ 7 މީހަކާއި، އިންޑިއާގެ 6 މީހުން ހިމެނެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެތެރޭގައި ހިމެނޭ ބިދޭސީންގެ އަދަދު މިހާރު 1232 އަށް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. މިބަލި ޖެހުނު ދިންވެހިިންގެ ޢަދަދު މިހާރުވަނީ 831 އަށް އިތުރުވެފައެވެ.

ރާއްޖޭގައި ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު ބަލިޖެހޭ މީހުންގެ ޢަދަދު މަދުކަން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. މިބަލި މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް މިހާތަނަށް ވަނީ 50336 ސާމްޕަލްނަގާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 9 ވަނަ މީހަކު މިއަދުވަނީ މަރުވެފައެވެ.