ޚަބަރު

މާލެ ސަރަހައްދުގައި ދެމުންދިޔަ އާންމު ފެރީގެ ޚިދުމަތްތައް މާދަމާ އަލުން ފަށަނީ


އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުންދާ ފެރީގެ ޚިދުމަތްތައް މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް އަލުން ފެށުމަށް ނިންމައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅި ދިޔަވަޅުތަކާއެކު އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް މާލޭ ސަރަހައްދުގެ އާންމު ދަތުރުފަތުރުތައް ހުއްޓާލާފައިވަނީ އޭޕްރީމް މަހުގެ 15 ވަނަ ދުވަހުއެވެ.
މާލެ ސަރަޙައްދުގައި އާއްމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް ދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް އެމްޓީސީސީންނެވެ.

ނަމަވެސް މިހާރު ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްވަމުންދާ މިންވަރަށް ބަލައި ކަމާބެހޭ ފަރާތްތަކުން މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިއޮތް އޮތް ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމާއިއެކު މާދަމައިން ފެށިގެން މާލޭ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި، ގުޅީފަޅަށް ދެމުންދިޔަ އާންމު ފެރީގެ ޚިދުމަތާއި، ކާގޯ ފެރީގެ ޚިދުމަތް އާންމު ގަޑިތަކުގައި ދޭން ފަށާނެކަން އެމްޓީސީސީން ވަނީ ހާމަކޮށްކޮށްފައެވެ. އެކުންފުނިން މިހާރުވަނީ ފެރީދަތުރު ބާއްވާ ގަޑިތައްވެސް އާންމުކޮށްފައެވެ.

ފުރަބަންދުގެ މުއްދަތުގައި އާންމު ދަތުރުފަތުރުގެ ޚިދުމަތް މެދުކަނޑާލާފައިވީނަމަވެސް އަސާސީ މުދާ ފޯރުކޮށްދިނުމުގައި ފެރީގެ ހިދުމަތްތައް އެމްޓީސީސީން ވަނީ ދީފައެވެ. އަދި ފުރަބަންދުގެ ފިޔަވަޅުތައް މޭމަހުގެ 28 ގައި ދިން ލުޔާއެކު މިހާތަނަށް އެމްޓީސީސީން ފެރީގެ ޚިދުމަތްތައް ދެމުން އައި ވަކި ގަޑިތަކެއްގައެވެ.

އެމްޓީސީސީ ފެރީ މެދުވެރިކޮށް އެވަރެޖްކޮށް މާލެއާއި ވިލިމާލެއާއި ދެމެދު 15،000މީހުން، ދުވާލަކު ދަތުރުކުރެއެވެ. ނަމަވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދު 6،000 އަށް މަދުވެފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ނައުޝާދު

އެއަރޕޯޓް ފެރީގެ އަޕްޑޭޓް އެއް ނެތްތަ؟ އެތައް ބަޔަކު އެކަންވެސް ނޭނގި އެބައުޅޭ