ޚަބަރު

ކޯވިޑް-19 : އިތުރު 9 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެންމެ ފަހުން ރަނގަޅުވި 9 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު 1848 އަށް އިތުރުވެފައިވާކަމަށެވެ. މިއީ އެބަލިޖެހުނު މީހުންގެ ތެރެއިން 81 އިންސައްތަ މީހުންނެވެ. މިބަލީގައި ރާއްޖެއިން 8 މީހުންވަނީ ނިޔާވެފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 110 ދުވަސް ވެފައިވާއިރު މިހާތަނަށް މި ބަލި ދެނެގަތުމަށް ރާއްޖޭގައި 46182 ސާމްޕަލް ވަނީ ނަގާފައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް އަމަލުކުރުން ވަރަށް މުހިންމެވެ.