ޚަބަރު

ކޯވިޑް-19 : އިތުރު 21 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 2238އަށް


އިތުރު 21 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 2238އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 7 މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލްގެ މީހެއްކަމަށެވެ.

މި 21 ޕޮޒިޓިވް ކޭސްއާއެކު މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން މިހާތަނަށް މިވަނީ 203 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ރާއްޖޭގައި ފަރުވާދެމުންދަނީ 396 މީހުންނަށެވެ.

ކޯވިޑް19 އަށް ޓެސްޓްކުރުމަށް މިހާތަނަށް 43،998 އަށްވުރެ ގިނަ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާއިރު ރާއްޖެއަކީ އާބާދީގެ ނިސްބަތުން މިސަރަހައްދުގައި އެންމެގިނައިން ޓެސްޓްކުރެވޭ ޤައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވިދާޅުވެފައެވެ.