ޚަބަރު

އައްޑޫއިން 19 ބިދޭސީ އަކު ފުރުވާލައިފި


އައްޑޫގައި އެކި ގޮތްގޮތަށް ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 19 ބިދޭސީއަކު އަނބުރާ ޤައުމަށް ދިއުމަށް ފުރުވާލައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ، އާދީއްތަ ދުވަހުގެ ރޭ ދަންވަރު އައްޑޫއިން 19 ބިދޭސީއަކު ފުރުވާލާފައިވާ ކަމަށެވެ. އެސެންޓަރުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި 26 ބިދޭސީ އަކަށް މިފަހަރު ފުރައިގެން ދިއުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. މިއީ އައްޑޫގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން އަނބުރާ ރަށަށް ދިއުމަށް ބޭނުންވާ ފަރާތްތައް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި އެކު، ރެޖިސްޓްރީ ވެފައިވާ މީހުންނެވެ.

އައްޑޫއިން ފުރި މީހުން މާލެ ދިއުމަށްފަހު ޤައުމަށް ދިއުމުގެ އިންތިޒާމު އަންގާރަ ދުވަހު ހަމަޖެހޭނެ ކަމަށް އައްޑޫ އިމަޖެންސީ ސެންޓަރުން ބުނެއެވެ.

ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު 150 އަށް ވުރެ ގިނަ ބިދޭސީން ވަނީ ނަން ނޯޓު ކޮށްފައެވެ. މީގެ ތެރޭގައި ލިޔެކިއުން ނެތް މީހުންނާއި ލިއެކިއުން ހަމަ ނުވާ މީހުންވެސް ހިމެނެއެވެ.