އަތޮޅުތައް

ހައުސިންގ މިނިސްޓްރީގެ ޑިޕާޓްމަންޓެއް އައްޑޫ ސިޓީގައި ހުޅުވައިފި


އައްޑު ސީޓީ ކައުންސިލުން ދެމުންދިޔަ ބައެއް ޚިދުމަތްތައް ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެޚިދުމަތްތައް ދިނުމައްޓަކައި، ހައުސިންގ މިނިސްޓްރީގެ ޑިޕާޓްމަންޓެއް އައްޑޫ ސިޓީގައި ގައި ހުޅުވައިފިއެވެ."ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް އައްޑޫ ސީޓީ"ގެ ނަމުގައި އައްޑޫސިޓީގެ ވެރިކަންކުރާ ހިތަދޫގައި ހުޅުވި މި ޑިޕާޓުމަންޓުންދޭ  ޚިދުމަތް އިއްޔެވަނީ ރަސްމީކޮށް ފަށާފައެވެ.ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56 ވަނަ މާއްދާއަށް ގެނަވުނު އިސްލާހެއްގެ ދަށުން ސިޓީ ކައުންސިލުން ކުރުމަށް ރައިސުލްޖުމުހޫރިއްޔާ ކަނޑައަޅުއްވާ ޚިދުމަތްތައް  ފިޔަވައި އެސިޓީއެއްގެ  ސަރަހައްދުގައި ފޯރުކޮށްދެންޖެހޭ ޚިދުމަތްތަށް ފޯރުކޮށްދޭނީ ސަރުކާރުގެ  ކަމާއި ބެހޭ ވުޒާރާތަކުން ކަން  ކަނކަނޑައަޅާފައިވެއެވެ.އެ ޑިޕާޓުމަނުންޓުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ތަފާތު ބާރަކަމެއް ހިމެނެއެވެ. އޭގެތެރޭގައި، ކެފޭ ރެސްޓޯރަންޓްތައް ހިންގުމުގެ ހުއްދަދިނުނުމާއި، ގޭގެއާއި ބިންބިމުގެ ރަޖިސްޓްރީ ހަދައި ދިނުން ހިމެނެއެވެ. އަދި ވިޔަފާރީގެ ކަންކަމަށާއި އެނޫންވެސް އެހެނިހެން ކަންކަމަށް ޕްލޮޓްތަށް ކަނޑައަޅައި އެތަންތަން ކުއްޔަށް ދިނުމާއި، މަގުތަކާއި މަގުބައްތީގެ އިތުރުން ބަނދަރުތަކާއި ގިރާސަރަހައްދުތަށް ބެލެހެއްޓުންވެސް ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރުކުޅޭތަންތަން ސާފުކޮށް ބެލެހެއްޓުމާއި ޕެސްޓް ކޮންޓްރޯލް ކުރުމަކީވެސް މިޑިޕާޓްމަންޓްގެ މެންޑޭޓްތެރޭގައި ހިމެނޭކަމެކެވެ. ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން، އައްޑޫ ސީޓީގައި  އަލަށް ގާއިމްކުރެވުނު ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓަރުގެ ނައިބު އަބްދުﷲ ޒިޔާދު ވިދާޅުވީ، އައްޑޫ ސީޓީގައި ހައުސިންގ މިނިސްޓްރީގެ ޑިޕާޓްމަންޓް ހުޅުވިގެން ދިއުމާއެކު ރަނގަޅުކުރަންޖެހޭ ކަންކަމަށް ވަކި ޕްލޭންތަކެއް ކަނޑައަޅާއި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާއްވާނެކަމަށާއި، އެކަމުގެ ސަބަބުން މާލެއިން ލިބޭ ޚިދުމަތްތައް އައްޑޫގެ ރައްޔިތުންނަށް ފޯރުކޮށްދެވި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.