ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ރާއްޖޭގައި ފަރުވާދޭ މީހުންގެ ތެރެއިން އިތުރު 19 މީހުން ބަލިން ރަނަގަޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދު ރަނގަޅުވި 19 މީހުންނާއެކު ބަލިން ޝިފާ ލިބުނު މީހުންގެ އަދަދު 1788އަށް އިތުރުވެފައެވެ. މިއާއެކު މިބައްޔަށް ރާއްޖޭގައި މިހާރު ފަރުވާ ދޭމީހުންގެ ޢަދަދަކީ 389އެވެ.
ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން %80 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.