ޚަބަރު

ކޯވިޑް-19 : ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ


ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މާލޭގައި މިހާރު ކުރިއަށްދާ ރެންޑަމް ސާމްޕަލިންގެ ތެރެއިން ޓެސްޓްކުރި އެކޯޓުގެ މުވައްޒަފެއްގެ ނަތީޖާ މިއަދު ޕޮޒިޓިވްވިކަން ކްރިމިނަލް ކޯޓުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފު އަދި ހުރީ ގޭގައިކަމަށާއި، އެނާ ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން އަންގާ އުސޫލުތަކާއި އެއްގޮތަށް ކޮންޓެކްޓް ޓްރޭސްކުރުމާއި، ސާމްޕަލް ނަގުމުގެ ކަންކަން އޮންނަ އުސޫލުން އެކޯޓުގައިވެސް ކުރިއަށްގެންދާނެކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޕޮޒިޓިވް ވެފައިވަނީ ކްރިމިނަލް ކޯޓުގެ ފިރިހެން ލީގަލް އޮފިސަރެކެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އެނާ އޭނާވެސް އޮފީހަށް ނުކުންނަވާ މުވައްޒަފަކަށްވާއިރު އެކޯޓުގައި މަސައްކަތް ކުރިއަށްގެންދަނީ ގައިދުރުކަން އިޚްތިޔާރުކޮށްގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.