ޚަބަރު

ކޯވިޑް-19 : މިއަދު ބަލިން ރަނގަޅުވީ 7 މީހުން


އިތުރު 7 މީހުން ބަލިން ރަނގަޅުވެ ކޯވިޑް-19 ޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 1677އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ ޢާންމު ކުރި، ރާއްޖޭގެ ކޯވިޑް-19ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިހަފްތާގެ އެހެން ދުވަސްތަކާ އަޅާބަލާއިރު މަދެވެ. ނަމަވެސް ވޭތުވެދިޔަ ދެދުވަހުވެސް ރާއްޖޭގައި ބަލިން ރަބނގަޅުވި މީހުންގެ އަދަދު 350 އަށްވުރެ މައްޗެވެ.

ކޯވިޑް-19އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ރާއްޖޭގައި ބަލާ މިންގަނޑަށް ޑަބްލިއުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް މިހާރު ޢަމަލުކުރަމުންދާއިރު، އޭގެތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތައްވަނީ ބަދަލުގެނެސްފައެވެ.

ދިފާޢީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ނުހަދަން އެޗްޕީއޭއިން މިހާރު ނިންމަވާފައިވީނަމަވެސް ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ ޢަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.