ޚަބަރު

ކޯވިޑް-19 : މިއަދު 26 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ 3 ދިވެހިން


އިތުރު 26 މީހުން ޕޮޒިޓިވްވެ، ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 2120 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި ހަޔަކުން މިރޭ އިރުއޮއްސި 6 އާހަމައަށް މިބައްޔަށް ޕޮޒިޓިވްވީ 26 މީހުންކަމަށެވެ.

އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 3 ދިވެހިންނާއި، ބަންގްލަދޭޝް 16 މީހުންގެ އިތުރުން ނޭޕާލްގެ 3 މީހަކާއި އިންޑިއާގެ 3 މީހަކާއި ސްރީލަންކާގެ މީހެކެވެ.

މިއާއެކު ރާއްޖޭގައި މިހާރު މިބައްޔަށް ފަރުވާދޭމުންދަނީ 433 މީހުންނަށްކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 13 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އައިސީއޔޫގައި ފަރުވާދެމުންދަނީ އެކަކަށެވެ.

މިބައްޔަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު 7 މީހުން މިއަދު ބަލިން ރަނގަޅުވިކަން ހާމަކުރުމާއެކު މިހާރު މިވަނީ ރަނގަޅުވި މީހުންގެ އަދަދު 1677 އަރާފައެވެ.