ޚަބަރު

ބޯޑަރުތައް ބަންދުވުމުގެ ސަބަބުން އިންޑިއައިން ރާއްޖެ ނުގެނެވިހުރި ބޭސް ގެނައުމުގެ ހުއްދަދީފި


ބޯޑަރުތައް ބަންދުވުމުގެ ސަބަބުން އިންޑިއައިން ރާއްޖެ ނުގެނެވިވާ ބޭސްތައް ގެނައުމުގެ ހުއްދަ ދީފިއެވެ. މިބޭސްތައް ގެނައުމުގެ ހުއްދަ ދީފައިވާކަން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެ ގެނައުމަށްޓަކައި އެސް.ޓީ.އޯއިން ގަނެފައިވާ ސިއްޙީ ބައެއް ސާމާނު، ބޯޑަރުތައް ބަންދުވުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވި އިންޑިއާގައި ހުރިކަމަށާ، އެތަކެތި ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން މިހާރު ފޯރުކޮށްދީފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް ސާމާނަކީ ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުން ކުރެވޭ ތަކެތިކަމަށް އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރެއްވި ޓުވީޓް

ބޯޑަރުތައް ބަންދުވުމުގެ ސަބަބުން އިންޑިއައިން ރާއްޖެ ނުގެނެވިވާ ބޭސްތައް ގެނައުމުގެ ހުއްދަދީފައިވާއިރު، ކޯވިޑް-19ގެ ޙާލަތުގައި އިންޑިއާ ވެގެންގޮސްފައިވަނީ ރާއްޖެއަށް އެކި ގޮތްގޮތުން ބޮޑެތި އެހީތަކެއް ވެދިން ޤައުމަކަށެވެ.