ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވި 29 މީހުންނާއެކު ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު 2094އަށް


އިތުރު 29 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 2094އަށް އަރައިފިއެެވެ.

މިއަދު ޕޮޒިޓިވްވިކަން އެނގުނު މީހުންގެ ތެރޭގައި ދިވެއްސަކާއި ބަންގްލަދޭޝްގެ 15 މީހަކާއި، ފިލިޕީންސްގެ 9 މީހަކާއި އިންޑިއާ 2 މީހެއްގެއިތުރުން ނިސްބަތްވާ ޤައުމު ކަށަވަރު ނުވާމީހެއްވެސް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ކޯވިޑް19 އަށް ޓެސްޓުކުރުމަށް ރާއްޖޭގައި ވަނީ 36857 ސާމަޕަލް ނަގާފައެވެ. މިހާރު މިބައްޔަށް ފަރުވާދެމުންދަނީ 414 މީހުންނެވެ.

ކަރަންޓީން ފެސިލިޓީގައި 331 މީހުން ތިބިއިރު، އައިސޮލޭޝަންގައި މިވަގުތު 347 މީހުންއެބަތިއްބެވެ. ކޯވިޑް-19 އަށް ޓެސްޓުކުރުމަށް މިއަދާހަމައަށް 36857 ސާމްޕަލްވަނީ ނަގާފައެވެ.