ޚަބަރު

ކޯވިޑް-19 : ބަލިން ރަނގަޅުވި މީހުންގެ ޢަދަދު %80 އާ ގާތަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން %79އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދު 130 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ރާއްޖޭގައި ޕޮޒިޓިވްވި 2094 މީހުންގެ ތެރެއިން 1670 މީހުންމިވަނީ ބަލިން ރަނގަޅުވެފައެވެ. %79 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވުމާއެކު މިބަލީގައި ފަރުވާދޭމީހުންގެ ޢަދަދުވަނީ 414 ދަށްވެފައެވެ.

ކޯވިޑް19 އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ރާއްޖޭގައި ބަލާ މިންގަނޑަށް ޑަބްލިއުއެޗްއޯގެ އެންގުންތަކާއެއްގޮތަށް މިހާރު އަމަލުކުރަމުންދާއިރު، އޭގެތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތައްވަނީ ބަދަލުގެނެސްފައެވެ.

ދިފާޢީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ނުހަދަން އެޗްޕީއޭއިން މިހާރު ނިންމަވާފައިވީނަމަވެސް ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ ޢަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.