ޚަބަރު

ކޯވިޑް-19 : ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 1300އަށްވުރެ މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 94 މީހަކު ރަނގަޅުވެ، މިބަލިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު 1311 އަށް އަރައިފިއެވެ.

ކޯވިޑް-19އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ ޢަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

މި މަހުގެ މިވީ 12 ދުވަހުގެ ތެރޭގައި ބަލިން ރަނގަޅުވި މީހުންގެ ޢަދަދުތަކަށް ބަލާއިރު 2 ދުވަހެއް ފިޔަވައި ހުރިހާ ދުވަހަކު 30އަށްވުރެ ގިނައިން މީހުން ރަނގަޅުވެފައިވެއެވެ. މިމަހުގެ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ރަނގަޅުވެފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 111 މީހަކު ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް19ގެ ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް 99 ދުވަސް ވެފައިވާއިރު، މިބަލީގައި ފަރުވާދީ ރަނގަޅުވާ މީހުންގެ ޢަދަދު މިމަހުގެ ތެރޭގައިވަނީ އިތުރުވެފައެވެ. ކޯވިޑް-19އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ ޢަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

ދިފާޢީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ނުހަދަން އެޗްޕީއޭއިން ވަނީ މިހާރު ނިންމަވާފައެވެ.