ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ 2,013 މީހުން މިހާތަނަށް ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އިތުރު 24 މީހަކު މިއަދު އިރުއޮއްސި 6 ޖެހުމާހަމައަށް ބަލިން ރަނގަޅުވެފައިވާކަމަށެވެ. މިއާއެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމަލް އަދަދުވަނީ 1217 އަށް އިތުރުވެފައެވެ. މިއީ 60.46 އިންސައްތައެވެ.

ރާއްޖެއިން ކޯވިޑް19 ގެ ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް 98 ދުވަސް ވެފައިވާއިރު، މިބަލީގައި ފަރުވާދީ ރަނގަޅުވާ މީހުންގެ އަދަދު މިމަހުގެ ތެރޭގައިވަނީ އިތުރުވެފައެވެ.

ކޯވިޑް-19އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ ޢަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

ދިފާޢީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ނުހަދަން އެޗްޕީއޭއިން ވަނީ މިހާރު ނިންމަވާފައެވެ.

އަޒީ

އުފާވެރި...