ޚަބަރު

ކޯވިޑް-19 : އިތުރު 10 މީހުން ޕޮޒިޓިވް ވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 10 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 2013 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވީ ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 7 މީހެއްގެ އިތުރުން ނޭޕާލްގެ 2 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލި ހުރިކަން ދެނެގަތުމަށް 938 ސާމްޕަލްވަނީ ނަގާފައެވެ. މިއާއެކު މިހާތަނަށް ނެގި ސާމްޕަލްގެ އަދަދު 34216 އަރައެވެ.

ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރެއިންވެސް 1056 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 701 އެވެ.

މި ބައްޔަށް މިހާރު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 786 މީހުންނެވެ. އަދި 8 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. މިބަލި ޖެހުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، 8 މީހުންވަނީ މަރުވެފައެވެ.