ތަޢުލީމު

ޢަރަބިއްޔާގެ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި


މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ، 2014 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު
ދަރިވަރުންގެ ގޮތުގައި އަންޞާރު އިބްރާހީމާއި މަރިޔަމް މުއުމިނާ މުހައްމަދު ހޮވިއްޖެއެވެ.



އެ ސްކޫލްގައި ރޭ ބޭއްވި ދެހާސް ސާދަވަނަ އަހަރުގެ
އިނާމްދިނުމުގެ ޖަލްސާގައި، މިދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ
ޚާއްސަ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުން ދޭ ހަނދާނީ
ލިޔުން ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން، އިސްލާމިކް ޔުމިވަރސިޓީގެ
ވައިސް ޗާންސެލަރ އަލްއުސްތާޒާ ހައްވާ ލަތީފެވެ.



ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި
މެހެމާން ވިދާޅުވީ އަދުގެ ސަރުކާރުން އަރަބި އިސްލާމީ ތަޢުލީމަށް ހާއްސަ ސަމާލުކަމެއް
ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އަރަބިއްޔާ ސުކޫލުން ދަރިވަރުވެގެން ނުކުންނަ
ކުދިންނަކީ ޤައުމަށް ފައިދާ ވާނެފަދަ އިސް މިޤާމްތަކެއް އަދާކުރަމުންގެންދާ
ބައެއްކަން ޝަރަފްވެރި މެހްމާން ފާހަގަކުރެއްވިއެވެ. އަރަބިއްޔާއިން ކިޔަވައިގެން ނުކުންނަ ދައިވަރުންނަށް މަތީތަޢުލީމު
ހާސިލްކުރުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދުމަށް ކަމާގުޅޭ ފަރާތްތަކުން
މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައި ވާކަމަށްވެސް ވިދާޅުވިއެވެ.



ރޭގެ ޖަލްސާގައި އެ ސްކޫލްގެ 70 ދަރިވަރަކު
ތޭރަ ދާއިރާއިން ޖުމްލަ 201 އިނާމު ވަނީ ހާސިލްކޮށްފައެވެ. އެދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދިހަ ދަރިވަރުންނަށް އިނާމު ހަވާލުކޮއްދެއްވީ އެޑިއުކޭޝަން
މިނިސްޓަރ ޑރ އާޢިޝަތު ޝިހާމެވެ. 



އަރަބިއްޔާ
ސްކޫލަކީ އަކީ މެދު މަދުރަސީ ތަޢްލީމު ޢަރަބި ބަހުން ކިޔަވާދިނުމަށްޓަކައި 1987
ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ހުޅުވުނު ސްކޫލެކެވެ. އެސްކޫލްގައި
ފާއިތުވި 2014ވަނަ އަހަރު 900ށްވުރެ ގިނަ ދަރިވަރުން ވަނީ
ތަޢުލީމު ހާސިލް ކޮށްފައެވެ.