ޚަބަރު

ހައުސިންގ މިނިސްޓަރ އާޠިފާ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި


ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ ޝަކޫރު އިސްތިއުފާދެއްވުމަށް ހުށަހަޅުއްވައިފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ އާޠިފާ އިސްތިއުފާދެއްވުމަށް ހުށައަޅާފައިވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކެބިނެޓްގައި މިނިސްޓަރ އާތިފާ އިންނެވީ ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެއްގައެވެ. މިނިސްޓަރ އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމަށްފަހުވެސް އޮފީހަށް ނިކުމެ ވަޑައިގެންފައިވެއެވެ. މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.