ޓުއަރިޒަމް

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރަކު ރަން މެޑަލް ހޯދައިފި


ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އަދި އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރަކު ރަން މެޑަލް ހޯދައިފިއެވެ.އެ އެގްޒެބިޝަންގައި ވާދަކުރި ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ތައުލީމް ހާސިލް ކުރަމުންދާ އާމިނަތު މައިޝާ ރަން މެޑަލް ހޯދާފައިވަނީ އެ މުބާރާތުގެ "ޗިކަން- ހޮޓް ކުކިން" ކެޓަގަރީ އިންނެވެ.މި ޗެލެންޖުގެ އެކި ކެޓަގަރީތަކުގައި ވާދަކޮށް އެފް.އެޗް.ޓީ.އެސްގެ އިތުރު 4 ދަރިވަރަކު ވަނީ ބްރޯންޒް މެޑަލްވެސް ހޯދާފައެވެ.ޓޫރިޒަމް ފެކަލްޓީގައި ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްއާއި ސެޓްފިކެޓް 3 އިން ކަލިނަރީ ހަދަމުންދާ ނުވަ ދަރިވަރަކު އެ މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް ޤައުމީ ޔުނިވާރސިޓީއިން މައުލޫމާތުދެއެވެ.މިމަހުގެ ދިހައަކުން އިއްޔެގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ދިޔަ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އަދި އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގައި ތަފާތު ފަންސާސް ކުންފުނަކުން 110 ސްޓޯލް ހިމަނާފައިވެއެވެ.މި އަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގައި 450 ފަރާތަކުން އެންޓްރީޒްގެ ގޮތުގައި ބައިވެރިވާއިރު، މީގެ ތެރޭގައި ރާއްޖޭގެ ތަފާތު 60 ރިޒޯޓުން ބައިވެރިވެފައިވެއެވެ.މިފަހަރުގެ ޗެލެންޖްގައި ދުނިޔޭގެ އެކި ހިސާބުތަކުން ޝެފުންނަށް ދައުވަތު ދީގެން ގެނެސްފައިވާއިރު، ރާއްޖޭން ބޭރުގެ މަޝްހޫރު ޝެފުން ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވެފައިވެއެވެ.