ޚަބަރު

ޤުރުއާން މުދައްރިސަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް


ރާއްޖޭގެ އުތުރުގެ ރަށެއްގައި ޤުރުއާން ޓީޗަރަކު 18 އަހަރުން ދަށުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ޤުރުއާން ކްލާހެއް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދަރިވަރުންނަށް ޖިންސީ ގޯނާކުރާ މައްސަލައެއް އެ އިދާރާއަށް ހުށައެޅީ މިދިޔަ ހޮނިހިރު ދުވަހުކަމަށެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު އަދި ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް ކުޑަކުދިންނާއި ގުޅޭ މައްސަލައަކަށްވާތީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.