ޚަބަރު

އައްޑޫ ސިޓީގައި ވިޔަފާރިކުރެވޭނެ ގަޑިތައް ކަނޑައެޅުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ


އައްޑޫ ސިޓީގައި ވިޔަފާރިކުރާ ގަޑިތައް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދުމަށް ސާވޭއެއް ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މިސާވޭގައި ވިޔަފާރިތައް 10 ބާޔަކަށް ބަހާލެވި، އެކި ބާވަތްތަކުގެ ވިޔަފާރި ޙިދުމަތްތައް ދޭވޭނެ ގަޑިތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި ކެފޭ ރެސްޓޯރެންޓް އާއި ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަނާއި، ގާޑިޔާ ތަކާއި، ހަރުމުދާ ވިއްކާ ތަންތަން ހިމެނެއެވެ.

އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، ވިޔަފާރި ގަޑިތަކަށް ބަދަލު ގެންނައުމުގައި ހިޔާލު ހޯދަން ނިންމީ، ކޯވިޑް-19އާއި ގުޅިގެން ވިޔަފާރި ގަޑިތަކަށް ލުއި ދިނުމުގައި ގެނެވުނު ބަދަލާއި މެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރުމާއި ގުޅިގެންކަމަށެވެ.

މިހާރު ވިޔަފާރި ގަޑި ކަނޑައަޅާފައިވަނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. ނަމަވެސް އެގަޑީގެ ކާބޯތަކެތި ވިއްކާ ތަންތަނާއި، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ހުޅުވާފައި ހުރުމުގެ ހުއްދަ ވަނީ ދީފައެވެ. މިގޮތަށް އޮތުމުން ބައެއް ފަރާތްތަކުން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން ވިޔަފާރި ގަޑިތަކަށް އިތުރު ބަދަލެއް ދެން ގެންނާނީ ރައްޔިތުންގެ ހިޔާލު ހުރިގޮތް ބަލާފައި ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން އަންގާރަ ދުވަހުގެ 6:00 ޖެހުމާއި ހަމައަށް އޮންލައިކޮށް ސާވޭ އަށް ޖަވާބު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫގައި ވިޔަފާރި ގަޑި ކަނޑައެޅުމަށް މީގެ ކުރީން ވެސް ރަވަނީ އްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވެއެވެ.