ޚަބަރު

އައްޑޫގައި ދެކާރު އެކްސިޑެންޓުވެ އެއްކާރު މޫދަށް ވެއްޓިއްޖެ


އައްޑޫސިޓީ ހިތަދޫގައި 2 ކާރެއް ޖެހި ހިނގި އެކްސިޑެންޓް އެއްކާރު މޫދަށް ވެއްޓިއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައި ވަނީ، ރޭގެ ދަންވަރު ވަގުތެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރިންނެވެ. އެކްސިޑެންޓުގައި ދެ ކާރު މުޑިއަރައި ކޮންޓްރޯލް ނުވެ އެއް ކާރު ވަނީ މަގުގެ އަރިމަތިން ގޮސް މޫދަށް ވެއްޓިފައެވެ. އެކްސިޑެންޓުގައި ދެ ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތިން ރޭ ދަންވަރު 3:00 ޖަހައި އެހަކައް ހާއިރު، ހިނގި މިއެކްސިޑެންޓް ހިނގާފައި ވަނީ ދެކޮޅަށް ދުއްވާފައި އައި ދެ ކާރު ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިއެކްސިޑެންޓުގައި އެއްކާރު މޫދަށް ވެއްޓުނު އިރު، އަނެއް ކާރު ގޮސް ޖެހިފައި ވަނީ ލިންކްރޯޑުގެ އަރިމަތީގައި ހުރި މަގުބައްތިއެއްގައެވެ. މޫދަށް ވެއްޓުނު ކާރު މިހާރު ވަނީ ނަގާފައެވެ.

މިއެކްސިޑެންޓް ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.