ކޯވިޑް-19

ކޯވިޑް-19 : ރާއްޖެއިން އިތުރު 22 މީހަކު ޕޮޒިޓިވް ވެއްޖެ


ރާއްޖެއިން އިތުރު 22 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހަކާއި އިންޑިއާގެ 3 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1872އަށް އިތުރު ވެފައެވެ.

މީގެ އިތުރުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 4 މީހަކުވެސް މިއަދު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި އަންހެނެކެވެ. މީގެ ތެރޭގައި 6 އަހަރުގެ ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 617 ދިވެހިންނާއި 1،255 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 648 މީހަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،215 މީހުންނެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1،478 މީހުން ތިބިިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1،196 މީހުން އެބަތިއްބެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ 7 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.