ޚަބަރު

ކޯވިޑާ ގުޅިގެން މެދުކަނޑާލި އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފި


އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެބޯޓުގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ދަތުރު ފަށައިފިއެވެ.

އެ ބޯޓުން މާލެދަތުރު ތައް ފަށާފައިފަނީ އިއްޔެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު ވިދާޅުވީ އަމާޒު ބޯޓުގެ ދަތުރުތައް އަލުންފެށީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދު ހޯދުމަށް ފަހުގައި ކަމަށެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ އޭޕްރިލްމަހުގެ 25 ވަނަ ދުވަހުއެވެ.

ކެޕްޓަން ހިމެނޭހެން ނަރުދޫން އެ ބައްޔަށް ޕޮޒިޓިވްވި 11 މީހުން މުޅިން ބަލިން ރަނގަޅުވެފައިވާ ކަން މީގެ ކުރިން ވަނީ ހާމަ ކޮށްފައެވެ.

ކެޕްޓަން ކޯވިޑަށް ޕޮޒިޓިވްވި ދަތުރުގައި އަމާޒު ބޯޓުންވަނީ އުތުރުގެ 13 ރަށަކަށް ނިސްބަތްވާ 98 މީހަކު ދަތުރުކޮށްފައެވެ. އެކަމާއި ގުޅިގެން އެޗްޕީއޭއިން އެރަށްތައް މޮނިޓަރިންގއަށްލައި، އެ އެންމެން ކޯވިޑަށް ޓެސްޓްކޮށްފައި ވެއެވެ.